30 އަށްވުރެ ގިނަ ސިވިލް ސާވަންޓުން ތަމްރީން ޕްރިގްރާމްއަކަށް އިންޑިއާއަށް ފުރައިފި

30 އަށްވުރެ ގިނަ ސިވިލް ސާވަންޓުން ތަމްރީން ޕްރިގްރާމްއަކަށް އިންޑިއާއަށް ފުރައިފި

Author
ހުސައިން
07 ސެޕްޓެމްބަރ 2024 08:10
0

ދިވެހި ސަރުކާރުގެ އެކި އިދާރާތަކުގައި ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ 30 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް މިއަދު އިންޑިއާއަށް ފުރައިފިއެވެ.

މިއީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދިވެހި ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ)އާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ 33 ވަނަ ބެޗްގެ ބައިވެރިންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން މަޢުލޫމާތު ދިންގޮތުގައި، މި ޕްރޮގްރާމަކީ "ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި ހިންގޭ ދެ ހަފްތާގެ މުއްދަތުގެ ތަމްރީނެކެވެ. މި ޕްރޮގްރާމުގައި އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކިއެކި ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ސެޝަންތައް ހިމެނެއެވެ. މީގެ އިތުރުން، ބައިވެރިން އިންޑިއާގެ ސިވިލް ސަރވިސްގެ އެކި އިދާރާތަކަށް ޒިޔާރަތްކުރުންވެސް ހިމެނެއެވެ.

ކޮމިޝަނުން އިތުރަށް ހާމަކުރިގޮތުގައި، މި ތަމްރީނު ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށް ގެންދަވާނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރު މާހިރުންނެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ކަނޑައެޅޭ ޚާއްޞަ ދާއިރާތަކުން ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށާއި ހުނަރު ކުރިއެރުވުމަށް އެންސީޖީޖީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.