ބަންޑާރަ ނައިބު އަހުމަދު އުޝާމް.

ބާ ކައުންސިލްގައި ބަންޑާރަ ނައިބު ދެން ނުހިމެނޭނެ

ބާ ކައުންސިލްގައި ބަންޑާރަ ނައިބު ދެން ނުހިމެނޭނެ

ގުޅުންހުރި

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލް، ރައީސް ތަސްދީގު ކުރެއްވުމާ އެކުގައި މިހާރު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ނުވަ މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަ މެންބަރެކެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް މަޖިލީހަށް ހުށަހަޅުއްވައި ފާސްކުރި ބިލްގައިވާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަތް މެންބަރެކެވެ.

އެ ބިލް މަޖިލިހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 77 މެމްބަރުންގެ ވޯޓާއެކުގައެވެ.

ބަންޑަނައިބު އެ ކައުންސިލުން އުނިވުމާއެކު، އެ މަގާމަށް ދެން އަންނާނީ އިންތިހާބު ކުރާ މެންބަރެކެވެ. ކުރިއަށް އޮތް ދެ މަސް ތެރޭ އެ އިންތިހާބު ބާއްވަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ