ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޔޫއޭއީ ގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޔޫއޭއީ ގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފި

Author
ޙަސަން މުޙައްމަދު
02 ސެޕްޓެމްބަރ 2024 01:05
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހިމް އަބްދުﷲ، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހިމް އަބްދުﷲ އިއްޔެ ވަނީ އެމްބަސީއަށް ވަޑައިގެން، ދިވެހިރާއްޖޭން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް އާ ބައްދަލުކުރައްވައިފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހިމް އަބްދުﷲ އެމްބަސީއަށް ކުރެއްވި މި ޒިޔާރަތުގައި މެހެމާނުންގެ ފޮތުގައި ސޮއި ކުރެއްވުމުގެ އިތުރުން، އެމްބަސީގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.