65 އަހަރުން މަތީ ބައެއް މީހުންގެ އެކައުންޓަށް އޮޅިގެން ތިން ގުނަ އިތުރަށް ފައިސާ ޖަމާކޮށްފި

65 އަހަރުން މަތީ ބައެއް މީހުންގެ އެކައުންޓަށް އޮޅިގެން ތިން ގުނަ އިތުރަށް ފައިސާ ޖަމާކޮށްފި

މި މަހު ޕެންޝަން ފައިސާ ދޫކުރުމުގައި މައްސަލަތަކެއް ދިމާވެއްޖެއެވެ. 65 އަހަރުން މަތީ ބައެއް މީހުންގެ އެކައުންޓަށް އާންމުކޮށް ލިބޭ 5,000 ރުފިޔާގެ ބަދަލުގައި 15,000 ރުފިޔާ އޮޅިގެންވަނީ ޖަމާކޮށްފައެވެ. މިއީ ތިން ގުނައަށް އިތުރުވުމެކެވެ.

ޕެންޝަން އޮފީހުން މައުލޫމާތު ދިންގޮތުގައި، މި މައްސަލަ ދިމާވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުންނެވެ. ބައެއް އެކައުންޓުތައް ތަކުރާރުވުމުގެ ސަބަބުން މިކަން މެދުވެރިވި ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ޕެންޝަން އޮފީހުގެ އެކައުންޓުން ކެނޑިފައިވަނީ ހަމައެކަނި ޕެންޝަނަށް ވާ އަދަދު ކަމަށްވެސް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ ރަނގަޅުކުރުމަށްޓަކައި، ބީއެމްއެލްއިން ވަނީ އިތުރަށް ޖަމާކުރެވުނު ފައިސާ އަނބުރާ ގެނައުމުގެ މަސައްކަތް ފަށާފައެވެ. ޕެންޝަން ފަންޑުން ކޮންމެ މަހަކު 23,000 މީހުންނަށް ބޭސިކް ޕެންޝަންގެ ގޮތުގައި ފައިސާ ދޫކުރެއެވެ.

މީގެ އިތުރުން، ފާއިތުވި މަހު ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް 77 ބިލިއަން ޑޮލަރުގެ މުސާރަ ޖަމާވުމުގެ މައްސަލައެއްވެސް ދިމާވިއެވެ. ނަމަވެސް، އެ ފައިސާވެސް ބީއެމްއެލްއިން ވަނީ އަނބުރާ ހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *