ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކުރީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ: ނައިބު ރައީސް

ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކުރީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ: ނައިބު ރައީސް

މިއަދު ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކުރީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އެހެން ނަމަވެސް، މި ގޮންޖެހުންތަކާ ކުރިމަތިލައްވައި، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ޤައުމު ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޤައުމަށް މިއަދު ދިމާވެފައިވާ ގޮންޖެހުމަކީ ރައްޔިތުން ނޫނެކޭ ބުނި ސަރުކާރެއްގެ ދޯހަޅި ސިޔާސަތުގެ ނަތީޖާ. އަދުގެ ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ސާބިތު ކަމާއެކު އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި ރައްޔިތުން އެދޭ ގޮތަށް ދިވެހި ޤައުމު ބިނާކުރެއްވުމަށް މަސައްކަތް ކުރައްވަމުން.

ނައިބު ރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ގައުމަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަކީ ކުރީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާކަމަށް ނައިބު ރައީސް ވިދާޅުވެފައިވާއިރު، ރޭ ބޭއްވުނު ވެރިކަންކުރާ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެމްޑީޕީން ގައުމު ވައްޓާލި ހާލަތުގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ދާންދެން ދައްކާނެ ކަމަށާއި، އެ ވާހަކަތަކަށް ފޮތްތަކުގައި ލިޔާނެކަމަށެވެ.

އަދި ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި، ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ވަޒީރުންވެސް ވިދާޅުވެފައިވަނީ، ބޭންކް އޮފް މޯލްޑިވްސްއިން އެ ބޭންކުފެ ފައިސާ ކާޑުތަކަށް ޑޮލަރު ވިއްކުން ހުއްޓާލުމަށް ގެނައި ބަދަލަކީ ސިޔާސީ އިނދިކޮޅު ފަރާތްތަކުން އަޑީގައި ތިބެ ގެންނަން އުޅުން ބަޢާވާތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *