ބަންގްލަދޭޝަށް ފުރަން އުޅުނު މީހެއްގެ އަތުން 1.2 މިލިއަން ރުފިޔާ އަތުލައިގެންފި

ބަންގްލަދޭޝަށް ފުރަން އުޅުނު މީހެއްގެ އަތުން 1.2 މިލިއަން ރުފިޔާ އަތުލައިގެންފި

Author
ހުސައިން
25 އޮގަސްޓް 2024 04:30
0

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރަން އުޅުނު ފަސިންޖަރެއްގެ އަތުން 81,030 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.2 މިލިއަން ދިވެހި ރުފިޔާ) އަތުލައިފިއެވެ. މި ފައިސާ ފޮރުވާފައި ހުރީ އޭނާގެ ލަގެޖުގައެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ފައިސާ ފެނުނީ ޔޫއެސް-ބަންގްލާ އެއަރލައިންސްގެ މާލެ-ޑާކާ ދަތުރަކަށް ރަޖިސްޓަރީވެފައިވާ ފަސިންޖަރެއްގެ ފޮށިތަކުންނެވެ. މި މައްސަލާގައި އެ ފަސިންޖަރު ވަނީ ކަމާބެހޭ އިދާރާތަކާ ހަވާލުކުރެވިފައެވެ.

އޭވިއޭޝަން ސެކިއުރިޓީން ޢާންމުކުރި ވީޑިއޯއެއްގައި ކަޅު ކޮތަޅެއްގެ ތެރެއިން ފެންނަ ބޮޑެތި ޑޮލަރު ބޮޑިތައް ދައްކުވައިދެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ކަސްޓަމްސްގެ އުސޫލުތަކަށް ގެނެވުނު އިޞްލާޙަކާ ގުޅިގެން، 10,000 އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދާނަމަ، އެ ފައިސާ ހޯދި ގޮތުގެ ތަފްޞީލު ހާމަކުރަން މިހާރު ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.