ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރިކުރަމުންދިޔަ ތަންތަން ބަންދުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރިކުރަމުންދިޔަ ތަންތަން ބަންދުކޮށްފި

Author
ޙަސަން މުޙައްމަދު
25 އޮގަސްޓް 2024 11:12
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކެފޭ ހަދައި ވިޔަފާރިކުރަމުންދިޔަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފިއެވެ. މިއީ ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ބިންތަކުގައި ހިންގަމުންދިޔަ ހުރިހާ ތަނެއްކަމަށްވާއިރު، މި ތަންތަނުގައި އެޗްޕީއޭއިން ވަނީ ނޯޓިސް ޖަހާފައެވެ.

އެޗްޕީއޭގެ ނޯޓިސްގައި ބަޔާންކޮށްފައިވާ ގޮތުން، މި ތަންތަން ބަންދުކުރަން އަންގާފައިވަނީ ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން ސިއްޙަތަށް ނުރައްކާވެދާނެކަމަށް ފެންނާތީއެވެ. އަދި މި ތަންތަނުގައި ކުރަމުންދިޔަ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ވިޔަފާރި ހުއްޓާލުމަށްވެސް އަންގާފައިވެއެވެ.

މާލޭގައި ގިނަ ބަޔަކު ކުރަމުން ގެންދިޔަ "ގާޑިޔާ" ވިޔަފާރި ހުޅުމާލެ ފޭސް 2 އަށް ބަދަލުވެފައިވާއިރު، މި ސަރަޙައްދުގެ ސާފުތާހިރުކަމާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން އެޗްޕީއޭއިން މި ތަންތަން ބަލައި ފާސްކުރުމަށްފަހު ބަންދުކުރުމުގެ ފިޔަވަޅު އަޅާފައިވަނީ މި މައްސަލަތަކާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.