ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް، ޓެކްނިކަލް މައްސަލައަކާ ގުޅިގެން މެދުކަނޑާލުމަށްފަހު، މިރޭ އަލުން ފެށުމަށް ތައްޔާރުވެފައިވާކަން ހާމަ ކޮށްފިއެވެ.
އިއްޔެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނީ އެތަނުގެ ފަޔަރ ސާވިސްގެ ފަޔަރ ލޮރީއަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. ހަނިމާދޫ އެއާޕޯޓުގެ އިސް އޮފިޝަލެއް ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ފަޔަރ ލޮރީގެ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައެވެ.
މި މައްސަލަ ހައްލުވުމާ ގުޅިގެން، މޯލްޑިވިއަންގެ ހަނިމާދޫން ޓްރިވެންޑްރަމަށް ދަތުރުކުރާ ފްލައިޓް މިރެއަށް ރީ-ޝެޑިއުލްކޮށްފައިވާ ކަމަށާއި، މި ފްލައިޓާއެކު އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމަށް ނިންމާފައިވާކަމަށް އެއަރޕޯޓުގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ.
ކޮމެންޓު ފޮނުވާ