ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 16 ބިދޭސީން ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 16 ބިދޭސީން ހައްޔަރުކޮށްފި

"އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ 16 ބިދޭސީން ވަނީ ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަންއިން ބުނެފައިވަނީ، މިދިޔަ ހޯމަ ދުވަހު (19 އޮގަސްޓު 2024) ހިންގުނު މި އޮޕަރޭޝަނުގައި، މާލޭގެ ގ. މޫން ލައިޓް ގޯތި ބަލައި ފާސްކޮށްފައިވާ ކަމަށާއި، މި ގޯތީގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ޚާއްޞަކޮށްގެން ކެފޭގެ ޚިދުމަތް ދެމުންދާކަން ވަނީ ފާހަގަކުރެވިފައިވާކަމުގައެވެ. އަދި ދެވަނަ ފަންގިފިލާގައި ބިދޭސީންނަށް ކުއްޔަށް ދޫކުރާ އެކަމަޑޭޝަން ބްލޮކްތަކެއް ހަދާފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.

މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 16 ބިދޭސީން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ވަނީ ފަހަކަށް އައިސް ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ. މިފަދަ ޙާލަތްތަކުގައި، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާއި، އެފަދަ މީހުންނަށް ވަޒީފާ ދޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *