ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމަށް ޖާޒީ ހަވާލްކޮށްފި

ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމަށް ޖާޒީ ހަވާލްކޮށްފި

Author
ޙަސަން މުޙައްމަދު
17 އޮގަސްޓް 2024 09:18
0

ފްރާންސްގެ ވެރިރަށް ޕެރިސްގައި އޮންނަ ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލްކޮށްދެއްވައިފި އެވެ.

އޮގަސްޓް 28 އިން ސެޕްޓެމްބަރު އަށަކަށް ކުރިއަށްދާ ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލްކުރުން އޮތީ ކުޅިވަރު ވުޒާރާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިއަހަރުގެ ޕެރަލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރާ ދެ އެތުލީޓުންނަކީ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު އެވެ.

މި ދެ އެތުލީޓުން ވަނީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރަ އިވެންޓުގައި ވާދަކޮށް ލޯ މެޑަލް ހޯދާފަ އެވެ.

ދިވެހިރާއްޖެއިން ޕެރަލިމްޕިކް ގޭމްސްގައި އެންމެ ފުރަތަމަ ވާދަކުރި 2021ގައި ޖަޕާންގައި އޮތް އޮލިމްޕިކްސްގަ އެވެ. މި ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލްކުރީ ފާތިމަތު އިބްރާހީމް (ފާތުން) އާއި މުޙައްމަދު މާޒިން އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.