ޕާކިސްތާނުން އެމްޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެ

ޕާކިސްތާނުން އެމްޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެ

Author
ޙަސަން މުޙައްމަދު
16 އޮގަސްޓް 2024 02:15
0

ޕާކިސްތާނުގައި އެމްޕޮކްސް ނުވަތަ މަކުނުވިދުރީގެ ފުރަތަމަ ކޭސް ރިޕޯޓުކުރެވިއްޖެއެވެ. އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތަކީ ސަޢޫދީ ޢަރަބިއްޔާއިން އެނބުރި އައި 34 އަހަރުގެ ފިރިހެނެކެވެ. ބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެން ކުރެވުނު ޓެސްޓުތަކުން މި ކަން ޔަޤީންވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެހެންނަމަވެސް، މި ބަލީގެ ވަކި ކޮން ވޭރިއަންޓެއްކަން ކަނޑައެޅުމަށް އިތުރު ތަޙުލީލުތަކެއް ބޭނުންވާނެ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އެމްޕޮކްސްގެ ފެތުރުން އަވަސްވެ، ދުނިޔޭގެ ޞިއްޙަތަށް ނުރައްކަލެއް ކަމަށް ބަލައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ޢާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

އެމްޕޮކްސްއަކީ ގައިން ގަޔަށް އަރާ، ވައިރަހަކުން ޖެހޭ ބައްޔެކެވެ. އިންސާނުންގެ ކިބައިން މި ބަލި ފުރަތަމަ ފާހަގަކުރެވުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.