ދަޢުލަތުގެ ދަރަނީގެ ސިޔާސަތާއި މާލީ ސިޔާސަތު ސިއްރު ކުރުމުގެ ނިޔަތެއް ސަރުކާރުގަ ނެތް: ޝަފީގު

ދަޢުލަތުގެ ދަރަނީގެ ސިޔާސަތާއި މާލީ ސިޔާސަތު ސިއްރު ކުރުމުގެ ނިޔަތެއް ސަރުކާރުގަ ނެތް: ޝަފީގު

Author
ހުސައިން
14 އޮގަސްޓް 2024 12:24
0

ދަޢުލަތުގެ ދަރަނީގެ ސިޔާސަތާއި މާލީ ސިޔާސަތު ސިއްރު ކުރުމުގެ ނިޔަތެއް ސަރުކާރުގަ ނެތްކަމަށާއި، ދައުލަތުގެ ޚަރަދު، އާމްދަނީ އަދި ދަރަނީގެ ސިޔާސަތު އާންމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައި ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަފީޤު ވިދާޅުވީ ދައުލަތުގެ މާލީ އަދި ދަރަނީގެ ސިޔާސަތު ސިއްރުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ތަފްޞީލުކޮށް އެނގެން ޖެހޭނެ މަޢުލޫމާތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މީގެފަހުން ދައުލަތުގެ ދަރަންޏާއި މާލީ ސިޔާސަތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓާއި ސަރުކާރުގެ ގެޒެޓުގައި އާންމުކުރައްވާނެ ކަމަށެވެ. މީގެ ކުރިންވެސް މި މަޢުލޫމާތު މަޖިލީހާ ހިއްސާކުރުމަށްފަހު މާލީ ވުޒާރާގެ ވެބްސައިޓުގައި އާންމުކުރަމުން ގެންދިޔަ ނަމަވެސް، ކުރީގައި މި ރިޕޯޓުތައް ސިއްރުކުރުމަށް މަޖިލީހުގައި އެދިވަޑައިގަތީ ވަޒީރު ޝަފީޤެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ ބަޔާނާއި ދަރަނީގެ ސްޓްރެޓެޖީ ބަޔާން މާލީ ވުޒާރާއިން މަޖިލީހާ ހިއްސާކުރަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.