ކުޅިވަރުގެ ދާއިރާގައި ކުރިއަށްގެންދަން ރާވާފައި ހުރި މަޝްރޫޢުތަކުގެ އަގު، ދައުލަތުގެ ދެ އަހަރުގެ ބަޖެޓަށްވުރެ ބޮޑު: ރާފިއު

ކުޅިވަރުގެ ދާއިރާގައި ކުރިއަށްގެންދަން ރާވާފައި ހުރި މަޝްރޫޢުތަކުގެ އަގު، ދައުލަތުގެ ދެ އަހަރުގެ ބަޖެޓަށްވުރެ ބޮޑު: ރާފިއު

Author
ޙަސަން މުޙައްމަދު
14 އޮގަސްޓް 2024 10:55
0

ކުޅިވަރުގެ ދާއިރާގައި ކުރިއަށްގެންދަން ރޭވިފައިވާ މަޝްރޫޢުތަކުގެ ޖުމްލަ އަގު، މުޅި ދައުލަތުގެ ދެ އަހަރުގެ ބަޖެޓަށްވުރެ ބޮޑުކަމަށް ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ށ. އަތޮޅުގެ ބައެއް ރަށްތަކުގައި ހިންގަން ނިންމާފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުން، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރާފިއު ފާހަގަކުރެއްވި ގޮތުގައި، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ހާލަތުގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، އެންމެ މުހިންމު މަޝްރޫޢުތަކަށް އިސްކަންދީގެން، އަދި ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށްގެން ކަމަށެވެ. އަދި ބަޖެޓުގެ ދަތިކަމާ ހެދި، ގިނަ މަޝްރޫޢުތައް އިޢުލާނުކުރަނީ އަހަރުގެ ފަހުކޮޅުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބަޖެޓުގެ މައްސަލަތަކާ ހެދި، ބައެއް ފަހަރު މަޝްރޫޢުތައް ފެށުމަށްފަހު މެދުކަނޑާލަން ޖެހޭ ކަމަށާއި، އަދި ބައެއް މަޝްރޫޢުތަކަށް ބަދަލު ގެންނަންޖެހުމުން ބޭނުންވާ އިތުރު ފައިސާ ނުލިބި މަސައްކަތް ހުއްޓޭ ކަމަށްވެސް ރާފިއު ފާހަގަ ކުރައްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.