ބަންގްލަދޭޝްގައި ހިގަމުންދާ ހަމަޖެނުންތަކާއެކު، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ޝެއިޚް ހަސީނާ ހުންނެވީ އިންޑިއާގައިކަމަށް ބީބީސީން ރިޕޯޓު ކޮށްފިއެވެ.
ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޝެއިޚް ހަސީނާއާއި އޭނާގެ ދައްތަ ޝެއިޚް ރަހުމާނާ ހުންނެވީ އިންޑިއާގެ އެއަރ ސްޕޭސްގެ މަރުކަޒެއްގައެވެ.
ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ގައުމު ދޫކޮށް ފިއްލެވުމުގެ ކުރިން ޝައިޚް ހަސީނާ ގައުމާ މުޚާތަބް ކުރެއްވުމަށް ބޭނުންފުޅުވި ނަމަވެސް، އޭނާއަށް އެފުރުސަތުވެސް ދީފައި ނުވާކަމުގައެވެ.
ބަންގްލަދޭޝްގައި މުޒާހިރާ ކުރަމުންދާތާ 3 ހަފްތާ ވެފައިވަނިކޮށް، އެގައުމުހެ ބޮޑުވަޒީރި ޝޭޚު ހަސީނާ ސިފައިންގެ ހެލިކޮޕްޓަރެއްގައި ގައުމު ދޫކޮށް ފިލާވާ ވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.
ޝޭޚު ހަސީނާ ފިއްލަވާފައި ވާއިރު، ބަންގްލަދޭޝްގައި އެތައް ހާސް މީހުންނެއް ދަނީ މަގުމައްޗަށް ނިކުމެ މުޒާހިރާ ކުރަމުންނެވެ. އަދި ގިނަ ބަޔަކުދަނީ އުފާފާޅުވެސް ކުރަމުންނެވެ.
ބަންގްލްދޭޝްގައި ހިގަމުންދާ ހަމަނުޖެހުންތަކުހެ ފަހުގެ ތަފްސީލު:
* ހަފްތާތަކެއްގެ އަމާންކަން ނެތުމަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާދެއްވައިފިކަމަށް ބަންގްލަދޭޝްގެ އާމީ ޗީފް ވިދާޅުވެއްޖެއެވެ.
* ޤައުމާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައި، ވަގުތީ ސަރުކާރެއް އުފައްދައި ޤައުމު ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އާމީ ޗީފް ވިދާޅުވިއެވެ.
* ޝެއިޚް ހަސީނާ ވަނީ ހެލިކޮޕްޓަރަކުން ވެރިރަށް ދާކާއިން ފިލާވަޑައިގެންފައިކަމަށް އެމަނިކުފާނުގެ އެހީތެރިއެއް ބުނެފިއެވެ.
* އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ އުފާފާޅުކުރަމުންދާއިރު، ގިނަ ބަޔަކު ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރަށް ވަދެއްޖެއެވެ.
* ފާއިތުވި މަހު ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާއާ ގުޅިގެން ފެށުނު މުޒާހަރާތައް މުޅި ޤައުމަށް ފެތުރިގެން ގޮސްފައިވެއެވެ.
* ފާއިތުވި މަހުން ފެށިގެން މަރުވެފައިވާ 300 އެއްހާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި ދަރިވަރުން ދާކާއަށް ދަތުރުކުރަމުންދެއެވެ.