ރަށްރަށުގެ މަގުބައްތި މަރާމާތުކޮށް ރަގަޅު ކުރުމަށް 85 މިލިއަން ރުފޮޔާ ޚަރަދު ވާނެ: އާދަމް ޝަރީފް

ރަށްރަށުގެ މަގުބައްތި މަރާމާތުކޮށް ރަގަޅު ކުރުމަށް 85 މިލިއަން ރުފޮޔާ ޚަރަދު ވާނެ: އާދަމް ޝަރީފް

Author
ޙަސަން މުޙައްމަދު
05 އޮގަސްޓް 2024 11:54
0

ރާއްޖޭގެ ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކުރުމަށް 85 މިލިއަން ޚަރަދުވާނޭވަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވާ ގޮތުގައި، މަގުބައްތިތައް މަރާމާތުކުރުމަށް 85 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ:

  • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކަނޑައެޅި މުއްދަތުގައި ރަށު ކައުންސިލްތަކަށް ފެނަކައިން ދީފައިވާ މުއްދަތުގައި މައްސަލަ ހައްލުނުކުރެވޭނެތީ، ފެނަކައާއި ޔޫއާރުއޭއާ މަޝްވަރާކުރެވިފައިވާ ކަމަށެވެ.
  • މާލީ ވުޒާރާއިން ފައިސާ ލިބުނު ނަމަވެސް، ޔޫއާރުއޭއިން ދީފައިވާ މުއްދަތުގައި މަސައްކަތް ނުނިމޭނެތީ އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުބައްތިތައް ރަނގަޅުކުރަން ޖެހޭކަމާއި މިކަމަށް ވަގުތާއި ފައިސާ ބޭނުންވާކަން ހިމެނެއެވެ. އަދި ރަށު ކައުންސިލްތަކަށް ދިމާވެފައިވާ މި މައްސަލަ ހައްލުކުރެވެންދެން އެ ވުޒާރާއިން މަސައްކަތްކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.