މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން ފާހަގަ ކޮށްފި

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން ފާހަގަ ކޮށްފި

Author
ޙަސަން މުޙައްމަދު
05 އޮގަސްޓް 2024 10:07
0

މެލޭޝިއާގެ ގައުމީ އެއަރލައިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފެށުން ފާހަގަކޮށް މަރުހަބާކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މުހައްމަދު އަމީން ބައިވެރިވެވަޑައިގެންފިއެވެ. މެލޭޝިއާ އެއަރަލއިންގެ ޚިދުމަތްތަށް އަލުން ރާއްޖެއަށް ފަށާފައި މިވަނީ 6 އަހަރުގެ މެދު ކެނޑުމަކަށް ފަހުގައެވެ. މިއާއިއެކު ރާއްޖެއާއި މެލޭޝިއާ އާއި ދެމެދު ކޮންމެ ދުވަހަކު ދަތުރެއް ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

"ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ ރާއްޖެއަށް ބޮޑެތި އެއަރލައިންތައް އަންނަމުންދާއިރު އެ ފަރާތްތަކުގެ ގްރައުންޑް ސާވިސް އޭޖެންޓް ނުވަތަ ހޭންޑްލިންގ އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުން. އެގޮތުން ދިވެހިންނަށް ޖީއެސްއޭގެ ނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށްޓަކައި މަސައްކަތް ކުރާނަން." ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އަމީން ވިދާޅުވެފައި ވަނީ މެލޭޝިއާ އެއަރލައިނަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށާއި މެލޭޝިއާ އެއަރލައިން ދަތުރުތައް ފެށުމުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްހިމެނޭ ސަރަހައްދުން ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.