މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 1.1 މިލިއަނަށް

މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 1.1 މިލިއަނަށް

Author
ހުސައިން
04 އޮގަސްޓް 2024 12:00
0

މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.1 މިލިއަނަށް އަރާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.1 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، ފާއިތުވި ހަފްތާގައިވަނީ މެލޭޝިއާ އެއާލައިނުންނާއި ޝިއާމެން އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ.

މެލޭޝިއާ އެއާލައިންސުން ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައިމިވަނީ 7 އަހަރަށް ފަހުއެވެ.  މެލޭޝިއާ އެއާލައިންސުން ރާއްޖެ އަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. މެލޭޝިއާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.

އޭގެ އިތުރުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއްްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 8337 ފްލައިޓް ރާއްޖެއަށް ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 8،073 ގައެވެ.

އެމްއެމްއޭއިން ބުނީ ފުރަތަމަ ހަ މަސްދުވަހުގެ ރާއްޖެއާއި 8337 ފްލައިޓްގެ ތެރެއިން 7،611 ފްލައިޓް މޫވްމަންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި ބާކީ 726 ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތައްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.