ކާޑީ ބީ ބަނޑުބޮޑުކަން އިއުލާން ކޮށްފި

ކާޑީ ބީ ބަނޑުބޮޑުކަން އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
03 އޮގަސްޓް 2024 10:31
0

މަޝްހޫރު ލަވަކިޔުންތެރިޔާ ކާޑީ ބީއަށް ތިންވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

މިފަހުން ކާޑީ ބީ ވަނީ އޭނާ ތިންވަނަ ދަރިއަކަށް ބަލިވެ އިންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކޮށްފައިއެވެ. އަދި ބަނޑު ވެސް ފެންނަ ބޮޑު ރަތް ހެދުމެއްގައި އޭނާ އެކަން އިއުލާން ކުރި ފޮޓޯތަކުން ކާޑީގެ ފިރިމީހާ އޮފްސެޓްވެސް ފެނިގެންދެއެވެ.

 

View this post on Instagram

 

A post shared by Cardi B (@iamcardib)

 

ކާޑީބީއާ އޮފްސެޓް ކައިވެނި ކުރީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެދެމީހުންގެ ކައިވެނި ކޮށްފައިވަނީ ވަރަށް ސިއްރުންނެވެ. އޭނާ ތިން ވަނަ ދަރިއަކު އިއުލާން ކުރި އިރުގައި 6 އަހަރުގެ ކުއްޖެއް އަދި ދެ އަހަރުގެ ކުއްޖެއް އެބަހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.