ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އީމެއިލްތައް ޑިލީޓްކޮށްލި މައްސަލަ ބަލަނީ

ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އީމެއިލްތައް ޑިލީޓްކޮށްލި މައްސަލަ ބަލަނީ

Author
ޙަސަން މުޙައްމަދު
29 ޖުލައި 2024 08:29
0

ކުޜީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގެންގުޅުއްވި ރަސްމީ މެއިލްގައިވާ ހުރިހާ އީމެއިލް ޑިލީޓްކޮށްފައިވާ މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ބޭނުން ކުރައްވަމުން ގެންދެވި ރަސްމީ އީމެއިލް ގައިވާ ހުރިހާ މެއިލް، މިދިޔަ އަހަރުގެ ތެރޭގައި ޑިލީޓް ކޮށްލާފައިވާ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި މިިދޔަ ބުރާސްފަތި ދުވަހު ފުލުހަށް ހުށަހަޅާފައުވާ ކަމަށެވެ.

އެކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހުށަހަޅާފައިވާ، ކުރިން އެމިނިސްޓްރީގެ މިނިސްޓަރުކަން ކުރެއްވި ޑރ. އައިޝަތު އަލީ އާއި ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށާއި އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމުގައެވެ.

ޑރ. އައިޝަތު އަލީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އޭނާ މިނިސްޓަރު ކަމުގައި ހުރި އިރު ބޭނުން ކުރި މެއިލްއަށް ލޮގިންވުމަށް މީހަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މެއިލް އަކީ މިިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ޑީއެކްޓިވޭޓް ކޮށްފައިވާ މެއިލް އައިޑީއެއް ކަމަށާއި، އެ ތާޜީހުގެ ފަހުން އެ އައިޑީއިން މެއިލްއެއް ދިޔަޔަސް އެއީ އޭނާ ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.