މުޒާހިރާކުރި ބަންގްލަދޭޝްމީހުން ޑީޕޯޓު ކޮށްލަން ނިންމި މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ

މުޒާހިރާކުރި ބަންގްލަދޭޝްމީހުން ޑީޕޯޓު ކޮށްލަން ނިންމި މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ

Author
ޙަސަން މުޙައްމަދު
27 ޖުލައި 2024 06:20
0

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ ބިދޭސީންވެސް ހިމެނޭ ގޮތަށް ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްގެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަންއިން ބުނެފިއެވެ.

އެޗްއާރުސީއެމްއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ބިދޭސީންނަށްވެސް އެ ހައްގު ލިބިދެނީ ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މަދަނީ އަދި ސިޔާސީ ހައގުތަކުގެ (އައިސީސީޕީއާރު) މުއާހަދާގެ ގެ 21 ވަނަ މާއްދާގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ކަމުގައެވެ.

އެގޮތުން ގދ.ތިނަދޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމުގައި ބައިވެރިވި ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެން އެޗްއާރްސީއެމުން ދަނީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން ކަމުގައި އެ ކޮމިޝަނުން ބުނެފައި ވެއެވެ.

ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ތިނަދޫގައި މުޒާހިރާކުރި މީހުން ޑީޕޯޓް ކޮށްލަން ނިންމާފައިވާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ހާމަކުރެއްވީ ފާއިތުވި ހަފްތާގައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ  ބަންގްލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ތިނަދޫގައި ކުރި މުޒާހަރާ ރޭވުމުގައި އުޅުނު މީހުން ހޯދާ އެމީހުން ހައްޔަރުކޮށް، އަދި ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައެވެ.

ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތެއް ނުކުރެވޭނެ. ވިސާ ވައިލޭޝަނެއް އެއީ.

އިހުސާން ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ މުޒާހިރާތަކަކީ 1971 ވަނަ އަހަރު އެގައުމުން ޕާކިސްތާނުގެ އަޅުވެތިކަމުން މިނިވަންވުމަށް ކުރި ހަނގުރާމާގައި ބައިވެރިވިވި އާއިލާތަކަށް ސިވިލްސާވިސްގެ ވަޒީފާތަކުގެ ތިންބައިކޮށްފަ އެއްބައިގެ ކޯޓާއެއް ހަމަޖައްސަން އެގައުމުގެ ސަރުކާރުން ނިންމި ނިންމުމާއި ދެކޮޅަށް ކުރިޔަށްދާ އިހުތިޖާޖުތަކެކެވެ.،

ފާއިތުވި ބުރާސްފަތި ދުވަހު ގދ. ތިނަދޫގައި ބިދޭސީންތަކެއް ވަނީ އެ މުޒާހަރާތަކަށް ތާއީދުކޮށް، އިހުތިޖާޖު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.