ރާއްޖޭގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިނގަމުންދާކަމަށް ބުނެ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފި

ރާއްޖޭގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިނގަމުންދާކަމަށް ބުނެ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފި

Author
ޙަސަން މުޙައްމަދު
27 ޖުލައި 2024 12:11
0

ރާއްޖޭގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގަމުންދާކަމަށް ބުނެ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރާއްޖެއާ ބެހޭ ގޮތުން އދ.ގެ އިދާރާއިން ދާދި ފަހުން ނެރުނު ހޯދުންތަކުގައި ވަނީ އިންސާނީ ވަގުފާރި ފެތުރެމުންދާ މިންވަރާއި ރާއްޖޭގައި ތަހުގީގާއި ދައުވާ ކުރުމާއި ޝަރީއަތްތައް ހިންގާ މިންވަރު ދަށްކަން ފާހަގަކޮށްފަ އެވެ. 

އިންސާނީ ވަގުފާރި ހުއްޓުވުމުގެ ގާނޫނަށް އަމަލުކޮށް، އިންސާނީ ވަގުފާރިއާ ބެހޭ ގައުމީ ހިންގާ ކޮމިޓީ އަލުން އެކުލަވައިލުމުން އެކަމަށް މަރުހަބާ ކިޔަމުން ކޮމިޓީން ވަނީ މީހުން ޓްރެފިކް ކުރުމާއި މަޖުބޫރު ކޮށްގެން މަސައްކަތް ކުރުން ހުއްޓުވުމަށާއި ޓްރެފިކިންގެ ޝިކާރައަކަށްވާ ފަރާތްތައް ހިމާޔަތް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ލަފާދީފަ އެވެ.

ހާއްސަކޮށް ޖިންސީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ޖިންސީ ކުށުގެ ތުހުމަތުގައި ތަހުގީގު ކުރަމުންދާތީ އެކަމާވެސް ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ޓްރެފިކިންގ އާއި މަޖުބޫރީ ހާލަތުގައި ގެންގުޅޭ މަސައްކަތްތެރިންގެ މައުލޫމާތު މިހާރަށްވުރެ ރަނގަޅަށް އިވެލުއޭޓްކޮށް، އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރު ހުރި މިންވަރު ދެނެގަތުމަށްޓަކައި، ޑޭޓާ އެއްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.