"ކޭލް ކޭލް މޭ" ގެ ޕޯސްޓަރު ދައްކާލައިފި

"ކޭލް ކޭލް މޭ" ގެ ޕޯސްޓަރު ދައްކާލައިފި

Author
ފާތިމަތު ނާވީ
24 ޖުލައި 2024 11:10
0

ބޮޑު ކާސްޓޭއް ފެނިގެންދާ ފިލްމް "ކޭލް ކޭލް މޭ" ގެ ޕޯސްޓަރު ދައްކައިލައިފިއެވެ.

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" ގެ މޯޝަން ޕޯސްޓަރު އާންމު ކޮށްފައިވާ އިރުގައި މި ފިލްމް އަކީ ގިނަ އަދަދެއްގެ ތަރިންތަކެއް ފެނިގެންދާނެ ފިލްމްއެކެވެ.

"ކޭލް ކޭލް މޭ" ގެ ކާސްޓްގައި ވާނީ ކަޕޫރް، ފަރުދީން ޚާން، ތާޕްސީ ޕައްނޫ، އަދިތިޔާ ސީލް، ޕްރަގިއާ ޖެއިސްވާލްގެ އިތުރުން ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ރޮމޭކްޓިކް ކޮމެޑީގެ ރޯލެއް ކުޅެފައިވާ އައްމީ ވާކް ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމަކީ ޓީ ސީރީޒް އަށް މުދައްސަރު އަޒީޒު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ކޭލް ކޭލް މޭ" އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ތިން ވަނަ ފިލްމެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 12 ގައި ރިލީޒްކުރި "ސަރްފީރާ" އެވެ. މި އަހަރު ރިލީޒްވި އަކްޝޭގެ ފުރަތަމަ ފިލްމަކީ އެޕްރީލްގައި ގެނެސްދިން "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.