ފިލްމީ މަސައްކަތްތައް ކުރަމުން ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި

ފިލްމީ މަސައްކަތްތައް ކުރަމުން ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި

Author
ފާތިމަތު ނާވީ
23 ޖުލައި 2024 03:49
0

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ގްލެން ޕަވަލް ފިލްމީ މަސައްކަތްތައް ކުރަމުން ޑިގްރީ ނިންމަން އަމާޒު ހިފައިފި އެވެ.

އުމުރުން މިހާރު 35 އަހަރުގެ އެކްޓަރު ބުނީ އޭނަ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށާއި އެކަން ކުރިއަށް ގެންދާނީ އޭނަ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ދަ ރަނިމް މޭން" ގެ މަސައްކަތް ވެސް ކުރަމުން ކަމަށެވެ.

"ޓޮޕް ގަން: މެވެރިކް" އާއި "އެނީވަން ބަޓް ޔޫ" އަދި "ޓްވިސްޓާސް" ކަހަލަ މަޝްހޫރު ފިލްމުތަކުގައި މަސައްކަތް ކުރި ޕަވަލް ޑިގްރީ ހަދަނީ އެމެރިކާގެ ޔުނިވާސިޓީ އޮފް ޓެކްސަސް އިންނެވެ. އޭނާ ޑިގްރީ ހަދަނީ "ސްޕެނިޝް އެންޑް އާލީ އެމެރިކަން ހިސްޓްރީ" އިންނެވެ.

ޕަވެލްގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާގައި އޮތް ޑިޒާސްޓާ ފިލްމު "ޓްވިސްޓާސް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.