ހާފިޒުކަމުގެ ސެޓްފިކެޓް ލެވަލްކުރުމަށް މަޝްވަރާ ކުރަނީ

ހާފިޒުކަމުގެ ސެޓްފިކެޓް ލެވަލްކުރުމަށް މަޝްވަރާ ކުރަނީ

ގުޅުންހުރި

ހާފިޒުކަމުގެ ސެޓްފިކެޓް ލެވަލްކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާފިޒުކަމުގެ ސެޓްފިކެޓް ލެވަލްކުރުމަށް އަންނަ ހަފްތާގައި މަޝްވަރާކުރައްވާނެ ކަމަށެވެ.

" ލީބިޔާގައި އޮންނަނީ ހާފިޒުކަމަކީ އެދާއިރާގެ ޑިގްރީ ފެންވަރުގެ ސަނަދެއްގޮތަށް ލެވަލްކޮށްފަ. މިކަމުގައި ކަމުގެ ތަޖުރިބާހުރި ފަރާތްތަކުގެ ލަފާއާއި މަޝްވަރާ ބޭނުން." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ޖަލްސާ​ގައި ރޭ ވާހަަކަފުޅު ދައްކަވަަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ، އިސްލާމްދީނަށް ނަސްރުދިނުމަކީ އެންމެ އިސްކަން ދޭނެ ގައުމީ އެއްވާޖިބު ކަމަށެވެ. ރައީސް ވިދާޅުވީ، އެކަމަށްޓަކައި ކީރިތި ޤުރްއާނުގެ އިލްމު ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަަށެވެ. އެގޮތުން ކީރިތި ގުރްއާނުގެ އިލްމާއި ކީރިތި ގުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ