ރާއްޖޭގައި ޑޯމެޓްރީ ހިންގުމަށް ރާއްޖެއިން މަޝްވަރާ ކުރަމުންދާ މެލޭޝިއާގެ ކުންފުޏަކާ ވާހަކަ ދައްކަވަމުން ގެންދަވާއިރު، އެކުންފުނިން ބޭނުންވަނީ އެ ޚިދުމަތް އެކްސްކުލޫސިވްކޮށް (އެކުންފުންޏަށް އެކަނި) ކަމަށެވެ. މިއަދު، ހޯމް މިނިސްޓްރީއާއި، ޕޮލިސް ސާވިސްއާއި އަދި އިމިގްރޭޝަންއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، އެކްސްކްލޫސިވްކޮށް އެޚިދުމަތް ދޭން ކުންފުންޏަކާ ހަވާލު ކުރުމަކީ ސަރުކާރުގެ މަގުސަދެއް ނޫންކަމުގައެވެ.
އެގޮތުން އެ ޚިދުމަތް ދިނުން ބޭރުގެ ކުންފުންޏަކަށް އެކްސްކުލޫސިވްކޮށް ދޭން އެކުންފުނިން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭގޮތުން ދަނީ މަޝްވަރާ ކުރަމުންކަމުގައިވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، ބޭރުގެ ކުންފުންޏަކަށް ދޫކޮށްގެން ހިންގާ ޑޯމެޓްރީއެއް އެފެއްދި ނަމަވެސް އެ ޑޯމެޓްރީގެ މެންޑޭޓްގެ ތެރެއަށް ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންނާއި އަދި ގޭގެއަށް ގެންނަ މެއިޑުންފަދަ ބޭރު މީހުން ނާންނާނެ ކަމުގައެވެ.
އިހުސާން ވިދާޅުވީ، ސައިޓްތަކަށް މަސައްކަތް ކުރަން އައިސް ތިބޭ ބިދޭސީން ތިބެން ޖެހޭނީ ޑޯމެޓްރީތަކުގައި ކަމަށާއި، ހުއްޓުމަކަށް ގެންނަން ބޭނުންވަނީ ރާއްޖެއަށް ގެނެވޭ ބިދޭސީން ދިރިއުޅެމުންދާ ހާލަތު ރަގަޅު ކުރުމަށްކަމުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބިދޭސީންގެ ހައްގުތައް ރައްކާތެރި ކުރެވި، ބިދޭސީންގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެކަމެއް ކަމުގައި އިހުސާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ