ފެނަކަ އެމްޑީ މުއާޒް ނޫސްވެރިންނާ ބައްދަލުކުރުން / ފޮޓޯ: އަވަސް

ނުއަގުގައި ދޯންޏެއް ހިފި ވާހަކަ ފެނަކައިން ދޮގު ކޮށްފި

ނުއަގުގައި ދޯންޏެއް ހިފި ވާހަކަ ފެނަކައިން ދޮގު ކޮށްފި

ގުޅުންހުރި

ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނެ ސޯޝަލް މީޑީއާގައި ފަތުރަމުންދާ ވާހަކަތައް ފެނަކަ އިން ދޮގުކޮށްފި އެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިޔުންތަކުން ބައެއް ނަކަލުކޮށް، އެއީ އެއްކަމަކަށް ކޮށްފައިވާ އެއް މުއާމަލާތެއް ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުންފުނީގެ ނަން ކިލަނބުކޮށްލަން ބަޔަކު މަސައްކަތް ކުރަނީ ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ޕްރޮކިއުމެންޓް މުއާމަލާތްތައް ހަރުދަނާކޮށް، ކުންފުންޏަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ކުންފުނިން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ފެނަކަ އިން ބުނެ އެވެ.

"ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ޣައިރު ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖްތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް" އެ ބަޔާނުގައި ވެ އެވެ.

ފެނަކައަކީ ރާއްޖޭގެ 157 ރަށެއްގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށާއި އެންމެ އަސާސީ ތަކެތިވެސް ރަށްރަށުން ލިބެން ނުހުންނައިރު، އަދި ރަނގަޅު ހިދުތަމެއް ފޯރުކޮށްދިނުމަށް މެދުކެނޑުމެއް ނެތި އެކި ތަކެތި މާލެއިން ފޮނުވަން ޖެހޭ ކަމަށާއި އެއީ ކޮންމެ ދުވަހަކުވެސް އެކުންފުނިން ކުރަންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެ އެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގެ ވަކި ވަކި ދަތުރުތަކަށް ދޯނިފަހަރު ނަގައި އެވަރެޖް ގޮތެއްގައި 7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ހަމަޖައްސައި އެ ކަމުން ނާޖާއިޒް ފައިދާތަކެއް ބަޔަކު ނަގާފައި އޮތްއޮތުން ނިމުމަކަށް ގެނެސް ކުންފުންޏަށް އެންމެ ފައިދާ ހުރިގޮތަށް އެކަންކަން ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

"ކުންފުނީގައި ކަނޑައަޅާފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކުންފުނީގެ އަދުގެ މެނޭޖްމެންޓުން އެކަން ހަރުދަނާ ކޮށް އިންތިޒާމު ކުރަމުންދާ ދިއުން، ކުރިން އެކަމުން ނާޖާއިޒް ފައިދާ ހޯދި އަދި ހޯދައިދިން ފަރާތްތަކަށް ދަތި އިހްސާސްތަކަކަށް ވުމަކީ މިފަދަ ފިތުނަ ފަސާދަ އުފެއްދުމުގެ މައިގަނޑު އެއް ސަބަބު" ބަޔާނުގައި ވެ އެވެ.

ފެނަކަ އިން ވަނީ އެކި ފަރާތްތަކަށް ނާޖާއިޒު ގޮތުގައި ލިބެމުންދިޔަ އެތަކެއް ފައިދާތަކެއް ނިމުމަކަށް އައިސް، ކުރިއަށް އޮތް ތަނުގައި ވެސް ކުންފުންޏާއި ކުންފުނީގެ ވެރިންގެ ނަން ކިލަނބު ކުރުމުގެ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާނެތީ، އެފަދަ ފިތުނަ ފަސާދައަށް ސަމާލުވާން އެދިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ