މާލޭ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަންއިން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންގައި ރޭ އަނެއްކާވެސް އިތުރު 2 ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަން އިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރޭ ވެސް މާލެ ސަރަހައްދުގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ 03 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމުގައެވެ.
އަދި އެ 3 ތަނުން ބިދޭސީ 01 ފިރިހެނަކާއި 03 އަންހެނެއް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިކަމަށް ބުނެފައި ވެއެވެ.
މިރޭ ވެސް މާލެ ސަރަހައްދުގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ 03 ތަނެއް ބަލައި ފާސްކޮށް، ބިދޭސީ 01 ފިރިހެނަކާއި 03 އަންހެނެއް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި. މިފަދަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި،… pic.twitter.com/Pbb9s8MOPD
— Maldives Immigration (@ImmigrationMV) July 10, 2024
އިމިގްރޭޝަންއިން ބުނެފައިވަނީ، މިފަދަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި، މި ރެއިޑްތައް ހުއްޓުމެއްނެތި އަދިވެސް ކުރިއަށްދާނެ ކަމުގައެވެ.
ފަހަކަށް އައިސް އިމިގްރޭޝަނުން ގެންދަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ ބިދޭސީންތަކެއް ހައްޔަރުކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ދަށުން ކޮންމެ ރެއަކުކަހަލަ ގޮތަކަށް ދަނީ ބިދޭސީން ހައްޔަރު ކުރަމުންނެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން ރޭ ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ރޭ ބަލައިފާސްކޮށް، އެ އޮޕަރޭޝަންގެ ތެރެއިން ބިދޭސީ ހަތަރު ފިރިހެނަކާއި ދެ އަންހެނުން އިމިގްރޭޝަނުގެ ބެލެމުުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ.
އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަންނަން އިމިގްރޭޝަނުން މަސައްކަތް ފަށާފައިވާއިރު، އެފަދަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އިމިގްރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 1800 ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައެވެ.