ހައްގުތައް ކަށަވަރު ކުރާނީ އިސްލާމީ ގިއުގަޑުގެ ތެރެއިން: އުޝާމް

ހައްގުތައް ކަށަވަރު ކުރާނީ އިސްލާމީ ގިއުގަޑުގެ ތެރެއިން: އުޝާމް

ގުޅުންހުރި

ރާއްޖޭގައި ޙައްގުތައް ކަށަވަރުކުރާނީ އިސްލާމް ދީނުގެ މިންގަނޑުގެ ތެރެއިން ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އުޝާމް މިފަދައިން ވިދާޅުވީ، ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ބޭއްވުނު ރިވިއު ސެޝަނުގައެވެ. މި ސެޝަނަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މުޢާހަދާ، "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" (އައިސީސީޕީއާރު) އާ ގުޅޭގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މަޤްޞަދަކީ 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2022 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، މުޢާހަދާގައި ބަޔާންކޮށްފައިވާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓު ހުށަހެޅުމެވެ.

މި ސެޝަނުގައި އުޝާމް ވިދާޅުވީ، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސް ކަމަށެވެ. އަދި އެއީ ދިވެހި މުޖުތަމަޢުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަސްލެއް ކަމަށާއި، އައިސީސީޕީއާރުގައި ބަޔާންކުރާ ޙައްޤުތައް ރާއްޖޭގައި ލިބިދެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

ސްވިޒަރލޭންޑްގެ ޖެނީވާގައި، ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި ރިވިއުގައި، ދިވެހި ރާއްޖެ ތަމްސީލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ބަންޑާރަ ނައިބުގެ އޮފީހާއި، ޚާރިޖީ ވުޒާރާ އާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އާއި، ޖެންޑާ މިނިސްޓްރީ އާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ އިތުރުން، ޖެނީވާގައި ހުންނަ އދގެ އޮފީހަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން ގެ ބޭފުޅުން ހިމެނޭހެން، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ