މަތީ ތަޢުލީމަށް ހާއްސަކޮށް ބީއެމްއެލް އިސްލާމިކްގެ އެޑިޔުކޭޝަން ފައިނޭންސިންގ ތައާރަފްކޮށްފި

މަތީ ތަޢުލީމަށް ހާއްސަކޮށް ބީއެމްއެލް އިސްލާމިކްގެ އެޑިޔުކޭޝަން ފައިނޭންސިންގ ތައާރަފްކޮށްފި

Author
ޢަލީ އާދަމް
23 ޑިސެމްބަރ 2020 01:39
0

ބީއެމްއެލް އިސްލާމިކުން އައު އެޑިޔުކޭޝަން ފައިނޭންސިންގ ފެސިލިޓީއެއް މިއަދު ތައާރަފްކޮށްފިއެވެ. ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ޢިޖާރާގެ ދަށުން އެކުލަވާލާފައިވާ މި ފެސިލިޓީ އަކީ ގެ އެހީގައި ސަރޓިފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓްއާ ހަމަޔަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް މަތީ ތައުލީމު ހާސިލް ކުރެވޭނެކަމަށް ބެންކުން މައުލޫމާތުދެއެވެ.

އެޑިޔުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ޓިއުޝަން ފީ، ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ޚަރަދުތައް ހިމަނައިގެން ޖުމްލަ ޚަރަދުގެ %75 އާ ހަމަޔަށް ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައި ވާކަމަށް ބީއެމްއެލުން ބުނެއެވެ. ފައިސާ ދައްކާ ޚަލާސްކުރުމަށް އެންމެ ދިގުމުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައަޅާފައިވާއިރު މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ %11 ގެ ރޭޓުގައި ކަމަށްވެސް ބެންކުން ބުނެއެވެ. އަދި ރަހުނުގެ ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ % 150 އަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެކަމަށް ބީއެމްއެލުން ބުނެއެވެ. މި ފައިނޭންސިންގ އަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރުން ތައުލީމު ހާސިލްކޮށް ނިމުންނެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ މި އެޑިޔުކޭޝަން ފައިނޭންސިންގ އަކީ އިސްލާމިކް ފައިނޭންސިންގ ފެސލިޓީ އެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއް ކަމަށެވެ.

"ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް."

– ސުރީ ހާނިމް މުޙައްމަދު

އެޑިޔުކޭޝަން ފައިނޭންސިންގ އަށް އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް އެޕްލިކޭޝަން ބަލައިގަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސުޒީ
11 ޕަސެންޓް ތަންކޮޅެއް ކުޑަ އެންނޫންތަ އެވެސް ކިޔަވާ ކުދިންއަތުން، އިސްލާމިކް ފައިނޭންސް ގައި އިތުރައްލާބައި ރިބާޔަކައް ނުވޭތޯ؟؟؟