މައުމޫނު ފައުންޑޭޝަންއިން ހިޖުރީ އާއަހަރު ފާހަގަ ކުރަނީ

މައުމޫނު ފައުންޑޭޝަންއިން ހިޖުރީ އާއަހަރު ފާހަގަ ކުރަނީ

Author
ޙަސަން މުޙައްމަދު
07 ޖުލައި 2024 09:13
0

ހިޖުރީ އާ އަހަރަށް މަރްހަބާ ކިޔުމުގެ ގޮތުން މައުމޫން ފައުންޑޭޝަންނުން ހާއްސަ ޖަލްސާއެއް ބާއްވަން ހަމަޖައްސައިފި އެވެ.

ހިޖުރީ އާ އަހަރަށް މަރްހަބާ ކިޔުމުގެގޮތުން މައުމޫން ފައުންޑޭޝަނުން ހާއްސަ ޖަލްސާއެއް 9 ޖުލައި ވާ އަންގާރަ ދުވަހުގެރޭ އޮންނާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

މި ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.

ޖަލްސާގައި މައުމޫން ފައުންޑޭޝަންގެ ޗެއަމަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވާނެ އެވެ. އަދި އެމަނިކުފާނުގެ އިތުރުން، އަޙްމަދު ފާރިސް މައުމޫން އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ލެކްޗަރަ އަރޫޝާ މާހިރު ވެސް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާކަމަށް އެ ފައުޑޭޝަނުން ބުނެއެވެ.

ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ އެރޭގެ 9:00 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.