ހަށިވިއްކުމުގެ ތުހުމަތުގައި 2 އަންހެނަކު ބަންދު ކޮށްފި

ހަށިވިއްކުމުގެ ތުހުމަތުގައި 2 އަންހެނަކު ބަންދު ކޮށްފި

Author
ޙަސަން މުޙައްމަދު
04 ޖުލައި 2024 04:17
0

ހަށިވިއްކުމުގެ ތުހުމަތުގައި ވިއެޓްނާމްގެ ދެ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. އިމިގްރޭޝަނުން މިއަދު 'އެކްސް’ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން ލިބުމާއެކު 3 ޖުލައި 2024 ވީ ބުދަ ދުވަހުގެ ރޭ، ޓާސްކް ފޯރސް އިން ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާ ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނަކު އެއިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމުގައެވެ.

މާލެ ސަރަހައްދުގައި ހަށިވިއްކުމަށް މަސާޖު ޕާލާ ތަކުގެ ނަމުގައި 111 ތަން ހިންގާ ކަމަށާއި އެފަދަ ތަންތަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

އިހުސާން ވިދާޅުވެފައިވަނީ ހަށިވިއްކުވުމަށްޓަކައި ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން ރާއްޖެއަށް އެތެރެކޮށް، އެމީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށް ގެންދާކަމަށާއި، އެތަންތަނުން ހައްޔަރުކުރާ މީހުންނާ މެދު މިހާރު އަމަލުކުރަމުންދާ ގޮތަކީ، ބިދޭސީއެއް ނަމަ ވަގުތުން އެމީހަކު ޑީޕޯޓު ކުރުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.