އެމްއައިބީގެ ބައެއް ސެންޓަރުތަކުގައި ކިއޮސްކުތައް ގާއިމް ކޮށްފި

އެމްއައިބީގެ ބައެއް ސެންޓަރުތަކުގައި ކިއޮސްކުތައް ގާއިމް ކޮށްފި

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)ގެ ސެންޓަރުތަކުގައި ކިއޮސްކުތަކެއް ބަހައްޓައިފި އެވެ.

އެމްއައިބީގެ ހެޑް އޮފީހާއި ބިޒްނަސް ސެންޓަރާއި އެމްއައިބީ ހުޅުމާލެ ބްރާންޗް ފަދަ މުހިންމު ތަންތަނުގައި "އެޕްލައިނައުގެ"ގެ ހިދުމަތް ތައް އެތަންތަނުން ލިބުމުގެ ފަސޭހަކަން ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް، އާ ސެލްފް ސާވިސް ކިއޯސްކްތަކެއް މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)ން ތައާރަފްކޮށްފިއެވެ.

އެމްއައިބީން ބުނެފައިވަނީ، މުސްތަގުބަލުގެ ޕްލޭންތަކުގެ ތެރޭގައި މާލެ ސަރަހައްދުން ބޭރުގައި އެމްއައިބީގެ ބްރާންޗްތަކާއި ސޭލްސް ސެންޓަރުތަކަށް މި ކިއޯސްކްތައް ފުޅާކުރުން ހިމެނޭ ކަމުގައެވެ.

އެމްއައިބީން ބުނެފައިވަނީ، އީފާސް އެކްސެސް/ވެރިފިކޭޝަން ނުލިބޭ ހާލަތްތަކުގަވެސް، މި ކިއޯސްކްތަކުން "އެޕްލައިނައު"ގެ ހިދުމަތްތަކަށް ފުރިހަމަ އަށް އެކްސެސް ލިބޭނެ ކަމުގައެވެ.

ކިއޮސްކްގެ ހިދުމަތަށް އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއައިބީގެ މުވައްޒަފުން ތިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއީ އޮންލައިންކޮށް އެކައުންޓް ހުޅުވުމާއި އޮންލައިން ފައިނޭންސް އެޕްލިކޭޝަންތަކާއި އެހެނިހެން ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ ބޭންކުގެ ހައިސިއްޔަތުން އެމްއައިބީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަސައްކަތްތަކަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެބޭންކުން ފާހަގަ ކޮށްފައި ވެއެވެ.

މި ކިއޮސްކުތައް ބަހައްޓާފައި ވަނީ އެ ބެންކުގެ މާލެ އަދި ހުޅުމާލެ ސެންޓަރުތަކުގަ އެވެ.

އެމްއައިބީން އަންނަނީ އެ ބެންކުގެ ހިދުމަތްތައް ލުއި ފަސޭހަކުރުމުގެ ގޮތުން މި ފަދަ އެކި ހިދުމަތްތައް ތައާރަފްކުރަމުންނެވެ. އެ ބެންކުގެ ހިދުމަތްތަކަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރެގެން ވެސް ހޯދޭނެ ހިދުމަތްތަކަކށް ހެދުމުގެ ގޮތުން ބެންކުގެ ގިނަ ހިދުމަތްތައް ވަނީ އޮންލައިންކޮށްފަ އެވެ. އަދި ބެންކުގެ ސެންޓަރުތައް އެކި ހިސާބުތަކުގައި ވަނީ ގާއިމުކޮށްފަ އެވެ. އިތުރު ސެންޓަރުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި އެ ބެންކުން މޮބައިލްކޮށް މަސައްކަތް ކުރާ ސޭލްސް ޓީމުން އެކި އޮފީސްތަކާއި ބެންކަށް ދިއުމަށް އުޒުރުވެރިވާ ކަސްޓަމަރުންނަށް ޒިޔާރަތްކޮށް ހިދުމަތް ދެ އެވެ.

އެމްއައިބީން އޮންލައިންކޮށް އިންޓަނެޓް ބެންކިންގެ ހިދުމަތް، ފައިސާ ނެޓް މެދުވެރިކޮށް ލިބޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *