119 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލަ އިސްތިއުނާފުކުރަނީ

119 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލަ އިސްތިއުނާފުކުރަނީ

Author
ޙަސަން މުޙައްމަދު
02 ޖުލައި 2024 11:22
0

12 ޑިސެންބަރު 2021 ދުވަހު، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، ޢަލީ ޒުބެއިރުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޢުމުރަށް ޖަލަށްލުމަށާއި، 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް 20 މާރިޗު 2024 ގައި އެ ކޯޓުން ޙުކުމްކުރައްވާފައިވެއެވެ.

މި މައްސަލައިގައި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަޙްމަދު ސުނައިނާއި، ގދ. ހޯނޑެއްދޫ، އަލޯރާ، އަޙްމަދު މުޖާހިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް އެ ކޯޓުން ނިންމަވާފައިވެއެވެ.

އަޙްމަދު ސުނައިނުގެ ބައިގައި ޙުކުމަށް ވާޞިލުވި ސަބަބުތަކާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް، އަޙްމަދު ސުނައިނުގެ ބައިގައި ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައިފީމެވެ. އަދި އަޙްމަދު މުޖާހިދުގެ ބައި އިސްތިއުނާފުކޮށްގެން، ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެނެވިދާނެކަމަށް ނުފެންނާތީ، އޭނާގެ ބައި އިސްތިއުނާފު ނުކުރުމަށް ވާނީ ނިންމާފައެވެ.

މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވަނީ 08 ޖުލައި 2024 އަށް ކަމުން، އެ ތާރީޚްގެ ކުރިން އިސްތިއުނާފު ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.