ވީއައިއޭއަށް ޖެއްސީ އިޓަލީގެ އަސްކަރީ ޖެޓްތަކެއް

ވީއައިއޭއަށް ޖެއްސީ އިޓަލީގެ އަސްކަރީ ޖެޓްތަކެއް

ގުޅުންހުރި

އިޓަލީގެ އަސްކަރީ އުޅަނދުތަކެެއް ތެޔޮއެޅުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އަށް ޖައްސައިފިއެވެ.

މި އެއަރކްރާފްޓްތަކާއި ޖެޓްތައް ވީއައިއޭއަށް ޖެއްސި ވަގުތު މާލޭގެ މަތިވަނީ އާންމުކޮށް ދަތުރުކުރާ އެއަރކްރާފްޓްތަކުން އިވޭ އަޑުތަކަށްވުރެ ގަދަ އަޑުފައްގަޑެއް އިވިފައެއްވެ. އެހެންނަމަވެސް އޭއެއީ އަސްކަރީ ޖެޓްތަކެއްގެ އަޑުކަމެއް ގިނަބަޔަކަށް އެނގިފައެއް ނުވެއެވެ.

އެހެންނަމަވެސް އިތުބާރުހުރި ސޯސްތަކުން އެނގިފައިވާ މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިޓާރލިއަން އެއަރފޯސް ޔޫރޯފައިޓަރ ޓައިފޫން މިލިޓަރީ ފައިޓަރޖެޓް އެއަރކްރާފްޓް ތަކެކެވެ.

މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިޓާރލިއަން އެއަރފޯސް ޔޫރޯފައިޓަރ ޓައިފޫން މިލިޓަރީ ފައިޓަރޖެޓް އެއަރކްރާފްޓް ތަކެކެވެ.

އަދި މި އަސްކަރީ ބޯޓުތައް ވީއައިއޭއަށް ޖެއްސީ "ޓެކްނިކަލް ސްޓޮޕް"އެއްގެ ގޮތުގައިކަމަށާއި، ބޯޓުތައް ޖެއްސީ ނަގަންޖެހޭ ހުއްދަތައްވެސް ނަގައިގެންކަމަށްވެސް އެނގިފައި ވެއެވެ.

މީގެކުރިންވެސް މި އެއަރކްރާފްޓްތައް ދެފަހަރެއްގެމަތިންވަނީ ވީއައިއޭގައި ޓްރާންސިޓް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ