ޗައިނާގެ ނަންޗަންގ ސިޓީގައި ކުރިޔަށްދާ ޓްރެޑިޝަނަލް މެޑިސިން ފޯރަމްގައި ހެލްތު މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ޗައިނާގެ ނަންޗަންގ ސިޓީގައި ކުރިޔަށްދާ ޓްރެޑިޝަނަލް މެޑިސިން ފޯރަމްގައި ހެލްތު މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ޗައިނާގެ ނަންޗަންގ ސިޓީގައި ކުރިއަށް "ޝަންހައި ކޯޕަރޭޝަން އޯގަނައިޒޭޝަން ފޯރަމް އޮން ޓްރެޑިޝަނަލް މެޑިސިން" ގައި މިނިސްޓަރ އޮފް ހެލްތު ބައިވެރިވަޑައިގެންފިއެވެ.

މިނިސްޓަރ ވަނީ މި ފޯރަމްގައި ބައިވެރިވި އިސްވަފުދާއި އެކު ބޭއްވުނު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައެވެ. މި ބައްދަލުވުމުގައި ވަނީ ފޯރަމްގައި ބައިވެރިވި ގައުމުތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް ޓްރެޑިޝަނަލް ބޭސްވެރިކަމުގެ އުސޫލުތައް ހަރުދަނާކުރުމަށް ގައުމުތަކުގެ އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނެވެ.

މި ޖޫން މަހުގެ 24-29 އަށް ކުރިއަށްދާ މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑރ. އަބުދުﷲ ޚަލީލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ގެ ވާހަަކަފުޅުގައި ވަނީ މިހާރުގެ ޒަމާނީ ޞިއްޙީ ފަރުވާގެ ތެރެއަށް ޓްރެޑިޝަނަލް ބޭސްވެރިކަން ބޭނުންކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކާފައެވެ.

މީގެ އިތުރުން މިނިސްޓަރ ގެ ދަތުރުގައި " ދ އެފިލިއޭޓެޑް ހޮސްޕިޓަލް އޮފް ޖިއަންގޝީ ޔުނިވަރސިޓީ އޮފް ޗައިނީސް މެޑިސިން" އަށް ޒިޔާތަރްކުރައްވާފައެވެ. މި ޒިޔާރަތުގައި މިނިސްޓަރ ވަނީ އެ ތަނުންދޭ ޚިދުމަތާއި، ޞިއްޚީ ޚިދުމަތް ދޭ ގޮތާއި އެތަނުންދޭ ޚިދުމަތްތައް މިނިސްޓަރ ވަނީ ބައްލާވާލައްވާފައެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގައި މިދާއިރާއާއި ގުޅުންހުރި މިނިސްޓްރީގެ އިސް ދެ ބޭފުޅުން ބައިވެރިވަޑައިގަންނެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *