އަހަރުގެ ޖުލައި މަހާ ހިސާބަަށް އާ ޓާމިނަލްއާއި ގުޅޭ ހުރިހާ މަސައްކަތްތައް ނިންމާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޖަގަހަ ކުރިން ހިންގި އިމާރާތުގައި އަލަށް ހެދި، ވެރިކަންކުރާ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މީގެ ކުރިން މިއަހަރުގެ ނިޔަލަށް އެއަރޕޯޓުގެ މަސައްކަތް ނިންމާނެކަމަށް ކުރިން އުއްމީދު ކުރެއްވި ކަމަށާއި، އެހެންނަމެސް އަންނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމުގައެވެ.
އަޅުގަޑުމެންގެ އެއަރޕޯޓު ފިނިހަކަ ދުވެލީގަ ހަދަމުން ދިޔައީ. އެކަން އަޅުގަޑުމެން އެންމެންނަށް އެނގޭ. އެހެންނަމަވެސް މިހާރު ވަރަށް ބާރުމިނުގަ އެމަސައްކަތް އެދަނީ ހިނގަމުން. 8 އޭރީ ބުރިޖު ހުންނަ އިރުގަ ޓާމިނަލްގަ، އަޅުގަޑުމެން މި މަސައްކަތް ކުރަނީ މިއަހަރު ނިމެންވާއިރަށ އެތަނުން އެއްބައި ނިންމާ ހުޅުވަން. އޮޕަރޭޝަނަށް ގެންނަން އިރާދަ ކުރެއްވިއްޔާ. އޭގެ ތެރެއިން މަދުވެގެން 3 އޭރޯ ބުރިޖު އޮޕަރޭޝަނަށް ގެނެވޭނެކަމަށް އަޅުގަޑަށް އެންމެފަހު އެމްއޭސީއެލްއިން ވިދާޅުވެ ދެއްވާފަ އެބައޮތް. އަދި މިއަންނަ އަހަރުގެ މެދަކާ ހަމައަށް ދާއިރަށް، އަޅުގަޑުމެން ކުރިން ޓާގެޓް ކުރިން މިއަހަރު ނިމެންވާއިރަށްވެސް ނިންމޭތޯ. މިއަންނަ އަހަރުގެ މެދަކަށް، ޖުލައިމަހާއި ހަމައަށް ދާންވާއިރަށް އަރާދަކުރެއްވިއްޔާ އެ ޓާމިނަލްގެ މަސައްކަތް އެއާއި ގުޅިފައިހުރި އެހެން ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާނަން އިރާދަ ކުރެއްވިއްޔާ.
ރައީސް ވިދާޅުވިއެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުވުންތަކެއް ގެނުވާނެ ދޮރާއްޓެއް ކަމަށާއި ވީއައިއޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ވެސް މިހާރު ބާރު ދުވެލީގައި ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.