"ޕުޝްޕާ 2″ ގެެނެސްދޭނީ ޑިސެމްބަރުގައި

"ޕުޝްޕާ 2″ ގެެނެސްދޭނީ ޑިސެމްބަރުގައި

Author
ފާތިމަތު ނާވީ
24 ޖޫން 2024 09:52
0

މީގެ ކުރިން އޮގަސްޓް މަހު ރިލީޒްކުރަން އޮތްް ތެލެގޫ އެކްޓަރު އައްލޫ އަރުޖުން "ޕުޝްޕާ 2: ދަ ރޫލް" މި އަހަރުގެ ޑިސެމްބަރު މަހަށް ފަސްކޮށްފިއެވެ.

ޑިސެމްބަރު މަހުގެ 6 ގައި ސިނަމާތަކަށް ފިލްމު ގެންނަ ގޮތަށް ފަސްކުރި އިރު، ކުރިން ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތާވަލުކޮށްފައި އޮތީ އޮގަސްޓް މަހުގެ 15 ގަ އެވެ. އެއާއި އެކުގައި ފިލްމް އަށް ކުރަން ޖެހޭ އިންތިޒާރު މިހާރު މި ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ.

މި ފިލްމަކީ ޑައިރެކްޓަރު ސުކުމާރު 2021 ގައި ގެނެސްދިން "ޕުޝްޕާ: ދަ ރައިޒް" ގެ ސީކްއެލް އެވެ."ޕުޝްޕާ 2″ ގެ ކާސްޓްގައި ކުރީ ބައިގެ މުހިއްމު ބައެެއް ތަރިން ހިނެނެ އެވެ. އޭގެ ތެރޭގައި ރަޝްމިކާ މަންދަނާ އާއި ފާހަދު ފާސިލް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.