އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން، ފެން ޖެހޭނެ: ޝަހީމް

އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން، ފެން ޖެހޭނެ: ޝަހީމް

ގުޅުންހުރި

އަޟްހާ އީދާއި ފިތުރު އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ފިތުރު އީދާއި އަޟްހާ އީދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރާއިރު، ކުލަ ޖެހުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ.

ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށާއި ދިވެހި ސަގާފަތުގެ ތެރޭގައި ފެން ޖެހުން ހިމެނޭ ކަމަށެވެ.

އީދުގައި ފެން ޖެހުމަކީ ދީނީ ކަމެއްތޯ މީހަކު ކުރި ސުވާލުގެ ޖަވާބުގައި ޝަހީމް ވިދާޅުވީ އީދުގައި ފެން ޖެހުމަކީ ދިވެހިންގެ އާދަކާދައެއް ކަމަށާއި އެއީ ދީނީ ގޮތުން ފުށުއަރާ ކަމެއް ނޫން ކަމަށެވެ.

"ފެން ޖެހުމަކީ އީދުގައި ކުރެވިދާނެ ކަމެއް،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރެއްވި ދެ އީދު ދުވަހަކީ މި އުންމަތުގެ ރަމްޒު ކަމަށެވެ. މި ދެ އީދުގެ ތެރެއިން ފިތުރު އީދު އަންނަނީ އިސްލާމް ދީނުގެ ރުކުނެއް ކަމުގައިވާ ފަރުޟު ރޯދައަށް ފަހުގައެވެ. އަޟްހާ އީދު އަންނަނީ ހައްޖުގެ އަޅުކަމަށް ފަހުގައެވެ.

"އޭގެ މަގްސަދެއް ކަމުގައި ގުރުއާނުގައި ބަޔާންވެގެންވަނީ ކޮންމެ އުންމަތަކަށް ވެސް ދުވަހެއް މާތް ﷲ ލެއްވިކަމާއި މި މާތް އުންމަތުގެ މަތިވެރިވެގެންވާ ރަމްޒަކީ ﷲ އަށްޓަކައި ގުރުބާންކުރެވޭ ކަތިލެވޭ މި ބޮޑު ދުވަސްކަމެވެ. އެއީ ﷲ ހަނދުމަކޮށް، ފަގީރުންނަށް ކާންދީ އުފާވެރިކަން ލިބިގަތުމަށެވެ. އަދި އެކަލާނގެ ދެއްވި ހިދާޔަތުގެ މައްޗަށް ޝުކުރުވެރިވުމަށެވެ. މިއީ ގުރުއާނުގައި މި ދެ ޢީދާ މެދު ސީދާ ނައްސު އައިސްފައިވާ ގޮތެވެ. މި ދެ އީދަކީ އިސްލާމްދީނުގެ އަޅުކަމާއި ގުޅިފައިވާ މިއުންމަތުގެ އެންމެ މަތިވެރި ދެ އީދެވެ." ޝަހީމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ