ފޭސްބުކްގައި ކުޑަ ކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި މީހަކު ޖޫރިމަނާ ކޮށްފި

ފޭސްބުކްގައި ކުޑަ ކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި މީހަކު ޖޫރިމަނާ ކޮށްފި

ގުޅުންހުރި

ފޭސްބުކްގައި 13 އަހަރުގެ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި މީހަކު 1800 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ހދ. ނޮޅިވަރަންފަރު ކޯޓުން ކުރި މި ހުކުމަކީ، 2018 ވަނަ އަހަރުގެ އެޕްރިލްމަހު، ފޭސްބުކް ބޭނުން ކޮށްގެން 13 އަހަރުގެ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯ ހޯދައިގެން، އެ ފޮޓޯ އެހެން މީހަކަށް ފޮނުވި މައްސަލާގައި ކޮށްފައިވާ ހުކުމެކެވެ.

މި މައްސަލާގެ ޝަރީއަތުގައި އެކަން ކުރިކަމަށް އެއްބަސްވެ އޭނާ ބޭނުންވީ ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމަކަށް ދާށެވެ. އަދި އޭނާ އެދުނީ ލުއި އަދަބަކަށެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެގެން ހުރި ގޮތުގައި އޭނާގެ ކޮމްޕިއުޓަރުގެ ހާޑް ޑިސްކުން 80 އަށްވުރެ ގިނަ އޮރިއާން ވީޑިއޯ ފެނިފައި ވެއެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ 9 ދުވަހުގެ ޖަލު ހުކުމެކެވެ.

މިމައްސަލާގައި، ފާއިތުވި ޖޫންމަހުގެ 11 ވަނަ ދުވަހު، ހދ. ނޮޅިވަރަންފަރު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހްމަދު ހުކުމް ކޮށްފައިވަނީ، އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އައި 9 ދުވަހުގެ އަދަބު 1800 ރުފިޔާގެ ޖޫރިމާނާއަކަށް ބަދަލު ކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ