އިސްރާއީލުގެ ހަ ވަޒީރުންގެ މައްޗަށް އެކުލެވޭ ހަނގުރާމަވެރި ކެބިނެޓް، ކެބިނެޓް އުފެއްދިތާ 6 މަސްފަހުން އުވާލައިފިކަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާން ކުރައްވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ލީޑަރު މި ނިންމުން އިއުލާން ކުރެއްވީ އޭގެ ކުރީ ދުވަހު ބޭއްވި ސަލާމަތީ ކެބިނެޓްގެ ބައްދަލުވުމެއްގަ އެވެ. ނަތަންޔާހޫގެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ކޯލިޝަންގެ ބައިވެރިން ގެންދިޔައ ީމަރުކަޒީ ވިސްނުމުގެ ބެނީ ގަންޓްޒް ސަރުކާރުން ވަކިވުމަށްފަހ އާ ހަނގުރާމަވެރި ކެބިނެޓެއް އުފެއްދުމަށް ބާރުއަޅަމުންނެވެ.
އެމެރިކާ ހިމެނޭ ގޮތަށް އެކުވެރި ގައުމުތަކުންވެސް އިސްރާއީލުން އައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލި ނަމަވެސް އިސްރާއީލުން ޣައްޒާއަށް ބޮން އެޅުން ކުރިއަށް ގެންދަން ޖެހޭ ކަމަށް ޑިމާންޑް ކުރާ ދީނީ-ނޭޝަނަލިސްޓް ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް އާއި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވިރް ވަނީ އާ ހަނގުރާމަވެރި ކެބިނެޓެއް އެކުލަވާލުމަށް ނަތަންޔާހޫއަށް ގޮވާލާފަ އެވެ.
ޣައްޒާއަށް މަސްތަކެއް ވަންދެން ދިން ހަމަލާގެ ތެރޭގައި، ގަންޓްޒް ސަރުކާރުން އިސްތިއުފާ ދިނުމާއެކު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނެ މަރުކަޒީ ވިސްނުމުގެ ހަމައެކަނި ފަރާތް ވަނީ ސަރުކާރުން ވަކިވެފައެވެ.
ހިސޯރުކޮށްފައިވާ އަދި އިސްރާއީލުން ބޮން އަޅަމުންދާ ފަލަސްތީނުގެ ޢައްޒާ ހަނގުރާމައިގެ ފަހުން ބަލަހައްޓާނެ ގޮތުގެ ޕްލޭނެއް ނެތްކަމަށްބުނެ އެއީ ހަގީގީ ކާމިޔާބީއަށް އޮތް ހުރަހެއް ކަމަށް ވިދާޅުވެ ގަންޓްޒް ވަނީ އާ އިންތިހާބަކަށްވެސް ގޮވާލާފަ އެވެ.
ނަމަވެސް އިސްރާއީލުގެ ލީޑަރަށް ވަނީ އޭނާގެ ހަރުކަށި އިއްތިހާދުގެ ބައިވެރިންގެ ޕްރެޝަރު ބޮޑުވެފައެވެ.