އީދުގެ ބުނާސަބަތާއި ގުޅުވައިގެން ކުޑަހުވަދޫގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ހިގާލުމެއް

އީދުގެ ބުނާސަބަތާއި ގުޅުވައިގެން ކުޑަހުވަދޫގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ހިގާލުމެއް

Author
ހުސައިން
17 ޖޫން 2024 11:45
0

މިއަހަރު އީދުގެ ބުނާސަބަތާއި ގުޅުވައިގެން ކުޑަހުވަދޫގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ހިގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހިނގާލުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހަވީރު 4:30 އިން 5:30 އަށެވެ.

ދ. ކުޑަހުވަދީއަކީ ސަރުކާރުގެ ފަރާތުން މިއަހަރު އީދު ފާހަގަކުރުމަށް ހަމަޖެއްސި އެއް ރަށެވެ. އެގޮތުން މާދަމާ ހަވީރު ހިގާލުން ކުރިޔަށްދާއިރު، ހިނގާލުމުގައި، އެރަށް އީދު ފާހަގަކުރުމަށް ވަޑައިގެން ތިއްބެވި މެހެމާނުންވެސް ބައިވެރިވާނެކަމަށް ރަށު ކައުންސިލުން ބުނެފައި ވެއެވެ.

މާދަމާގެ ހިނގާލުން ކުރިޔަށްދައިރު، ފަލަސްތީނަށް އެހީވާ ފަންޑު ފޮއްޓެއްވެސް ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ. އީދުގައި އެރަށުގައި ކުރިޔަށްދިޔަ އެހެން ބައެއް ހަރަކާތްތަކުގައިވެސް ވަނީ ފަލަސްތީނަށް އެހީވާ ފަންޑު ފޮއްޓެއް ބަހައްޓާފައެވެ.

ކުޑަހުވަދޫގައި ކުރިޔަށްދާ އީދު ހަރަކާތްތައް މިއަދުވެސް ކުރިޔަށް ދާނެއެވެ. އެގޮތުން މިއަދު މެންދުރު، އެރަށް ވަޑައިގެން ތިއްބެވި މެހެމާނުންނަށް ޚާއްސަކޮށް ޖާފަތެއް އޮންނައިރު މިއަދު ހަވީރު ފުޓުބޯޅަ މެޗެއް އަދި މިރޭ ދިއްގަރު ލަނގިރި ޖެހުން އޮންނާނެ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ކައުންސިލުން ބުނެފައިވަނީ، އީދުގެ ހަރަކާތްތަކުގެ ތެރޭގައި ހިނގާލުމެއް ބާއްވަނީ، އީދު ފާހަގަ ކުރުމުގެ ތެރޭގައި، ރައްޔިތުން ތިބީ ފަލަސްތީނު ރައްޔިތުންނާއެކުކަން ސާބިތު ކޮށްދިނުން ކަމުގައެވެ.

ފަލަސްތީނަށް އެހީވުމަށް ފާއިތުވި ހަފްތާގައި ވަނީ ޚާއްސަ ޓެލެތޯންއެއް ބާއްވާފައެވެ. މި ތެލެތޯންއިން ވަނީ ފަލަސްތީނަށް އެހީވުމަށް 10 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.