އިސްލާމިކް މިނިސްޓްރީއާއި އެކްސެލް އިންޓަނޭޝަނަލް ސްކޫލް ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އިސްލާމިކް މިނިސްޓްރީއާއި އެކްސެލް އިންޓަނޭޝަނަލް ސްކޫލް ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެކްސެލް އިންޓަނޭޝަނަލް ސްކޫލް ގުޅިގެން ޢީދު ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒު އަދި ކުޑަކުދިންގެ ބަގީޗާގައެވެ.

މި ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާ ލިބިގެންދާނެއެވެ. އަދި ކުދިން ޝައުޤުވެރިވާނެ ފަދަ ތަފާތު އެދި ކުޅިވަރުތައްވެސް މި ހަވީރުގައި ކުޅެވޭނެ ގޮތަށް ތައްޔާރީތައް ވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކުޑަކުދިންގެ ހަވީރަކީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ކުޑަކުދިން އެކުގައި އުފާވެރި ވަގުތުތަކެއް ހޯދައިދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރެއް ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *