މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

Author
އަހުމަދު
10 ޖޫން 2024 01:03
0

މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން މީޑިއާތަކަށް ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، ދެ އާންމު މެންބަރުން ހޮވުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ، ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށް އިއުލާންގައިވެއެވެ.

ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، ޖޫން 10، 11، 12، 13، އަދި 23 ގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށް ވަނީ ބުނެފައެވެ. ފޯމް ލިބޭނީ ޔޫތު މިނިސްޓްރީގެ ރިސެޕްޝަނުންނެވެ. މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ފޯމުތައް ހުށަހެޅޭނެވެ.

އިންތިޚާބުގައި ވޯޓުލުމަށް އޭޕްރީލް އަދި މޭ 2024 ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ. މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެމްބަރުންގެ މައްޗަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.