ދިވެހި ހުރިހާ ހައްޖާޖީން ސައުދީއަށް ގޮސްފި

ދިވެހި ހުރިހާ ހައްޖާޖީން ސައުދީއަށް ގޮސްފި

Author
އަހުމަދު
08 ޖޫން 2024 04:42
0

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ހުރިހާ ހައްޖާޖީން ވެސް ސައުދީ އަރަބިއްޔާ އަށް ގޮސްފިއެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ.

ހައްޖާޖީން މިފަހަރު ސައުދީއަށް ގެންދިޔައީ ތިން ފުލައިޓެއްގައެވެ. ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު\އެވެ. އެ ގުރޫޕުގައި 298 ހައްޖުވެރިންނާއި 26 އެހީތެރިން ސައުދީއަށް ދިޔައެވެ.

ހައްޖާޖީންގެ ދެވަނަ ގުރޫޕު ފުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ. އެ ގުރޫޕުގައި 330 ހައްޖުވެރިންނާއި 23 އެހީތެރިން ހިމެނުނެވެ. ތިންވަނަ ގުރޫޕު ފުރީ އިއްޔެއެވެ. އެ ގުރޫޕުގައި 316 ހައްޖުވެރިންނާއި 23 އެހީތެރިން ދިޔައެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ތިން ވަނަ ފްލައިޓުގައި މާލެ އިން ޖިއްދާ އަށް ދަތުރު ކުރި ހައްޖާޖީން މައްކާ އަށް ދަތުރު ކުރަމުންދާ ކަމަށެވެ. އަދި އެއް ވަނަ ފްލައިޓުގައި ދަތުރު ކުރި ހައްޖާޖީން މަދީނާ އިން މައްކާ އަށް ދަތުރު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. ދެ ވަނަ ފްލައިޓުގައި ދަތުރު ކުރި މީހުން ވެސް މައްކާ އިން މަދީނާ އަށް ދަތުރު ކުރަމުންދާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

"މައްސަލައެއް ދިމާނުވެ މި އޮޕަރޭޝަން ކާމިޔާބުކަމާ އެކުގައި ނިންމާލެވުމުން އުފާ ކުރަމެވެ. މިކަމުގައި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން އަދި ހައްޖުގެ އެހީތެރިން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަމެވެ،" ހައްޖު ކޯޕަރޭޝަނުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައިވެއެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން 1،150 މީހުން ސައުދީ އަށް ގޮސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.