5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް 40 ހާސް ގަސް އިންދައިފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް 40 ހާސް ގަސް އިންދައިފި

Author
ހުސައިން
07 ޖޫން 2024 02:02
0

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 40،000 ގަސް އިންދައިފިއެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ރަށްރަށުގެ ކައުންސިލްތަކާއި ރިސޯޓުތަކާއި ސްކޫލްތަކާ އަދި އަމިއްލަ ޖަމިއްޔާތަކުން ހިންގި ހަރަކާތްތަކުގައި 40،000 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތައް ބަލަން ވަކި ޔުނިޓެއް ގާއިމްކުރަންވެސް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން އިންދާ ގަސްތައް ރަނގަޅަށް ބަލަހައްޓައި، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ގަސްތައް ހެދެނީ ކިހިނެއްތޯ، ގަހަށް ޖެހެނީ ކޮންކަހަލަ ބައްޔެއްތޯ ގަހަށް ދިމާވާ ކަންތައްތައް ބެލުމަށް މީހުން އަހުލުވެރިކުރުވަން ޖެހޭ ކަމަށާއި، އެގޮތަށް މަސައްކަތް ކުރެވޭނީ ގުދުރަތީ ވަސީލަތްތައްވެސް ބޭނުންކޮށްގެން ކަމަށް ތިމާވެއްތާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް މުއިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދިމުގެ މަޝްރޫއަށް އެހީތެރިވެ ދިނުމަށް ޕާކިސްތާނުންވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.