އެމެރިކަން ސެންޓަރުގެ ބޭރުގައި ޖަހާފައިވާ ގްރެފިޓީ | ފޮޓޯ: ދައުރު

އެމެރިކަން ސެންޓަރު ބޭރުގައި އިސްރާއީލާ ދެކޮޅު ޝިއާރު ލިޔުނު އާޓިސްޓެއްގެ މައްސަލަ ބަލަނީ

އެމެރިކަން ސެންޓަރު ބޭރުގައި އިސްރާއީލާ ދެކޮޅު ޝިއާރު ލިޔުނު އާޓިސްޓެއްގެ މައްސަލަ ބަލަނީ

މާލޭގައި ހުންނަ އެމެރިކަން ސެންޓަރ ހިންގާ އިމާރާތުގެ ބޭރުގައި އިސްރާއީލާއި ދެކޮޅު ޝިއާރުތައް ލިޔުނު މީގެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ވިދާޅުވެފައިވަނީ އެ އިމާރާތުގެ ބޭރުގައި 'ޓެރަރިސްޓް' ލިޔެފައިވާ މައްސަލައެއް މިމަހުގެ 7 ވަނަ ދުވަހު ޕޮލިހަށް ހުށަހަޅާފައިވާ ކަމުގައެވެ. އަދި އެމައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް ހައްޔަރު ނުކުރި ނަމަވެސް ފުލުހުން އެމައްސަލަ ބަލަމުންދާ ކަމުގައި ފުލުހުން ބުނެފައި ވެއެވެ.

އެގިފައިވާ ގޮތުގައި އިސްރާއީލާ ދެކޮޅު ޝުއޫރު ފާޅުކޮށް އެމެރިކަން ސެންޓަރ ބޭރު ފާރުގައި ގްރެފިޓީ ކުރަހާފައިވަނީ ރާއްޖޭގެ މަޝްހޫރު ގްރެފިޓީ އާޓިސްޓް އަހުމަދު ސޮބާހްއެވެ.

އޭނާ އެމެރިކަން ސެންޓަރު ބޭރުގައި އޭނާ ޖަހާފައިވާ ގްރެފިޓީގައި އެމެރިކާއި އިސްރާއީލަށް ނިސްބަތްކޮށް ލިޔެވައިވަނީ އެއީ "ކުޑަކުދިން މަރާ ޓެރަރިސްޓުން" ކަމުގައެވެ.

ސޮބާހުއާއި ހަވާލީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާގެ މަގްސަދަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅޭގޮތުން މީހުން ހޭލުންތެރިކޮށް އަދި އެ ގަތުލުއާންމާއި ދެކޮޅަށް އަޑު އުފުލުމެވެ. އަދި އޭނާގެ ބޭނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެމެރިކާއާއި ދެކޮޅަށް ޝުއޫރު ފާޅުކުރެވެމުންދާ ފަދައިން މެސެޖެއް ދިނުންކަމުގައިވެސް އޭނާ ބުނެފައި ވެއެވެ.

އޭނާގެ ވަކީލާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ މުދަލުގެ ވެރިފަރާތުގެ ރުހުމެއްނެތި އަދި އެ މުދަލަށް ފަރުވާ ބެހެއްޓުމެއް ނެތި މުދަލަށް ގެއްލުން ދިނުމާއި، ކުށެއް ކުރުމަށް ރޭވުމުގެ އިތުރުން ކުށެއް ކުރުމަށް ބޭނުންކުރުމުގެ މަގްސަދުގައި އެ ކުށް ކުރުމުގައި ބޭނުންކުރާނެ އާލާތް އަތުގައި ބެހެއްޓުމުގެ ތުހުމަތު ތަކެވެ.

ފަލަސްތީނުގެ ހައްގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ރައްޔިތުން ފަހަކަށް އައިސްދަނީ އެކި ގޮތްގޮތުން އަޑު އުފުލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *