ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އިގްތިސާދާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަފީގު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ޝަފީގު ކޮމިޓިއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިގްތިސާދީގޮތުން ގައުމު އޮތް ހާލަތު އެންމެ ރަގަޅަށް ދެނެގަނެވޭނީ ފިނޭންސް މިނިސްޓަރުގެ ކިބައިން ތެދު މައުލޫމާތު ހޯއްދަވައިގެން ކަމުގައެވެ. އެހެންކަމުން ވީހާވެސް އަވަަހަކަށް ފިނޭންސް މިނިސްޓަރާއެކު ބާއްވަން ބައްދަލުވުމެ ބާއްވާދިނުމަށް އޭނާ އެދިވަޑައިގަތެވެ.
މިހާރު މާލީ ހާލަތު ދެނެގަތުމަށް އަޅުގނޑުމެން އެބަޖެހޭ އެންމެ ފުރަތަމަކަމަކަށް ކޮމިޓީގެ ހުރިހާ މެމްބަރުން ތިއްބަވައިގެން ކޮމިޓީއަށް ތެދު ސައްހަ މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވައިގެން ފެނޭ ވީހާ އަވަހަކަށް ވެސް އެ ބައްދަލުވުން ބާއްވަން. އޭރުން އަޅުގަނޑުމެންނަށް އެނގޭނެތާ މިތިބަ ހިސާބު.
ނާޒިމް ވިދާާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްކުރީ އިދިކޮޅު މެމްބަރުންގެވެސް ވޯޓާއެކީއެވެ.