ޚިދުމަތުގެ މުއްދަތަށް ބަލާ، 20 ވަނަ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ 5 މެމްބަރުން އިއުލާން ކޮށްފި

ޚިދުމަތުގެ މުއްދަތަށް ބަލާ، 20 ވަނަ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ 5 މެމްބަރުން އިއުލާން ކޮށްފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލިހުގެ ރައީސްއާއި ނައިބު ރައިސް ނެތް ހާލަތުގައި ދެން މަޖިލިހުގެ ރިޔާސަތު ބަހައްޓަވާނެ 5 މެމްބަރުން މިއަދު މަޖިލިހުގެ ރިޔާސަތުގައި އިއުލާން ކޮށްފިއެވެ.

މިއަދުގެ މަޖިލިސް ފައްޓަވާ ދެއްވަމުން މަޖިލިހުގެ ރައީސް އަބުދުއްރަހީމް އިއުލާން ކުރެއްވި ގޮތުގައި، މަޖިލިހުގައި މިހާރު ތިއްބެވި މެމްބަރުން މަޖިލިހުގައި ޚިދުމަތް ކޮށްފައިވާ މުއްދަތަކަށް ބަލާއިރު، އެ 5 މެމްބަރުންނަކީ:

  1. އަހުމަދު ސިޔާމް މުހައްމަދު (މީދޫ ދާއިރާގެ މެމްބަރު) – ޚިދުމަތް ކުރެއްވި މުއްދަތު: 19 އަހަރާއި 3 މަސް
  2. ގާސިމް އިބުރާހިމް (މާމިގިލީ ދާއިރާގެ މެމްބަރު) – 15 އަހަރު
  3. އަހުމަދު ސަލީމް (އޭދަފުށި ދާއިރާގެ މެމްބަރުން) – 15 އަހަރު
  4. އަބުދުލް ޢަފޫރު މޫސާ (ހަނިމާދޫ ދާއިރާގެ މެމްބަރު) – 15 އަހަރު
  5. އަހުމަދު ތާރިގު (މަހިބަދު ދާއިރާގެ މެމްބަރު) – 10 އަހަރު

މަޖިލިހުގެ ރިޔާސަތުން މިއަދު އިއުލާން ކުރެއްވި ލިސްޓަށް ބަލާއިރު، މިހާރުގެ މަޖިލިހުގައި އެންމެ ދިގު މުއްދަތަކަށް މެދު ނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާ މެމްބަރަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އެވެ. އޭނާ ވަނީ މެދު މެދު ނުކުކެނޑި 19 އަހަރާއި 3 މަސްދުވަހު މަޖިލިހުގައި ޚިދުމަތް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ