ގިނަ މުދަލާއެކު ބޯޓެއް އަޑިއަށް ހިގައްޖެ

ގިނަ މުދަލާއެކު ބޯޓެއް އަޑިއަށް ހިގައްޖެ

ގުޅުންހުރި

ށ. އަތޮޅުން މާލެ ދަތުރުކުރާ އުޅިއަށި ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއް އަޑިއަށް ހިގައްޖެއެވެ.

އެނގިފައިވާ ގޮތުގައި މި ބޯޓު އަޑިއަށް ގޮސްފައިވަނީ މި ބޯޓު މާލެއިން މުދާ ބަރުކޮށްގެން މާމެއިން ދަތުރުކޮށް އައިސް، ށ. ބިލެއްފަހީގެ ފަޅަށް ވަނުމުގެ ތެރޭގައި އެރަށު ނެރިފައިކަށީގައި ބޯޓު ޖެހިގެންނެވެ.

އަދި ބޯޓު ދިޔަވާން ފެށުމާއެކު ބޯޓުވަނީ ބަދަރަށް ގާތް ކޮށްފައެވެ. ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު ބަނދަރަށް ގާތްވިއިރު އޮތީ ބޯޓުގެ ބޮޑުބައި އަޑިއަށް ގޮސްފައެވެ.

އެ ބޯޓު އަޑިއަށް ގޮސްފައިވަނީ ގިނަ އަދަދެއްގެ މުދަލާވެސް އެކުގައެވެ. އޭގެ ތެރޭގައި ގޭހާއި، އާންމު ފިހާރަތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ ކުރިކަމަށްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އުމުރުން 30 ވަރަކަށް އަހަރުވެފައިވާ ބޯޓެކެވެ. މި ބޯޓު ދަތުރުކުރަމުން އައީ ކަނޑިތީމުން މާލެއާ ދެމެދުއެވެ. އެބޯޓު އެއަތޮޅު ގޮއިދުއާއި، ބިލަތްފަހު އަދި މަރިށީގައިވެސް ބަނދަރު ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ