15 އަތޮޅަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލާޓް

15 އަތޮޅަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލާޓް

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 10:58
0

މޫސުން ގޯސްވުމާ ގުޅިގެން ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ 22:00 ިން ފެށިގެން މިރޭ ދަންވަރު 3:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު، ގުގުރާ ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއިރަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފައިވާއިރު މިހާރުވެސް ވެރިރަށުގެ މޫސުން ވަރަށް ގޯހެވެ. މި ވަގުތުވެސް ދަނީ ވާރޭވެހެމުންނެވެ. މިއަދު އެކި ވަގުތުތަކުގައިވެސް މާލެއަށް ވާރޭވެހުނެވެ. ބައެއް އަވަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެންހިއްކަން ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.